އަލީ ޔާމިން
އދ. އޮމަދޫ ކައުންސިލާއި އެރަށުގެ ޓާސްކްފޯހުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އަމުރަށް ކިޔަމަން ނުވި ޒުވާނަކު އެރަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އދ. އޮމަދޫ ކައުންސިލާއި ޓާސްކް ފޯސްގެ ހުއްދަ ނެތި ރަށުން ފުރައިގެން ދާތީ އަނގަބަހުންނާއި ލިޔުމުން ނަސޭހަތް ދިނުމުންވެސް އިސްލާހު ނުވެ ކައުންސިލް އަދި ޓާސްކްފޯހުގެ މަސައްކަތްތަކަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިރޭ 9:15 ހާއިރު އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ޓާސްކްފޯސްތަކުން އަޅައިފައިވާ ފިޔަވަޅުތަކަށް ބައެއް ރައްޔިތުން ކިޔަމަންނުވާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. ބައެއް ޓާސްކްފޯސްތަކުން ވަނީ އެފަދަ މީހުންނަށް ބައެއް ފިޔަވަޅުވެސް އަޅައިފައެވެ.