އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހު އައްޔަންކުރައްވައިފިއެވެ.
ސ. މަރަދޫފޭދޫ ބަގީޗާގޭ ޝާހް، އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓަކުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޝާހު ވަނީ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމްޕީއެލްގެ ޗެއާމަންކަމުގެ މަގާމު ޝާހު އަދާކުރެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.