ޚަބަރު

ސިފައިންގެ މީހާއާއި ޑޮކްޓަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލަ ފުލުހުން ބަަލަން ފަށައިފި

އަލީ ޔާމިން

އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރަކާއި ސިފައިންގެ އޮފިސަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ވެލިދޫ ކަރަންޓީނު ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ މޭޖާ ރޭންކުގެ ބޭފުޅާ ރޭ ދަންވަރު ވަނީ އެކަހެރިކޮށް ބައްދަލުކޮށްފައެވެ.

މި ވާހަކަތައް ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމުން ފުލުހުން ފުރަތަމަ ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިންސީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ތަހުގީގުކުރަމުންވެސް ނުދާ ކަމަށެވެ.

ނަމަވެސް މިއަދު ހަވީރު ފުލުހުން ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެމީހަކާ މެދު ޝަކުވާއެއް ހުށަހެޅި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.