ވަން ރެސިޕީ

ވަން ރެސިޕީ: މެންގޯ ލެއްސީ

އަލީ ޔާމިން

މެންގޯ ލެއްސީއަކީ ސިއްހީ އެތައް ފައިދާއެއް އެކުލެވޭ މީރު ބުއިމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ގޭސްޓްރިޓިސް ހުންނަ މީހުން މެންގޯ ލެއްސީ ބުއިމަކީ ގޭހުން ލުއިކޮށްދޭ ކަމެކެވެ. އެއީ އެ ބުއިމުގެ ސަބަބުން ގޮހޮރު ފިނިކޮށްލަދޭތީއެވެ. މެންގޯ ލެއްސީއަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ.

މެންގޯ ލެއްސީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

2 އަނބު (ތޮށި މަށައި ކޮށާފައި)

ފެން

ޗިސްކޮށްފައި ހުރި ގަނޑުފެން

2 ޖޯޑު ކިރު

ވެނީލާ އައިސްކްރީމް

ހަކުރު (ރަހަލާވަރަށް)

ޔޯގަޓް (ޕްލެއިން)

ތައްޔާރުކުރާނެ ގޮތް:

އަނބު، ކިރު، ވެނީލާ އައިސްކްރީމް، ޔޯގަޓް، ފެން، ހަކުރު، އަދި ފުނޑުކޮށްފައި ހުރި ގަނޑުފެން ބްލެންޑަރަށް އަޅައި އެއްކޮށްލާށެވެ. ދެން އޮލަމިން ބަހައްޓަން ބޭނުންވާ ވަރަށް ފެންއަޅައި އެއްކުރާށެވެ. އޭގެ ފަހުގައި ފްރިޖަށް ލައި ފިނިކޮށްލުމުން އެހުރީ ބުއިމަށް ތައްޔާރުވެފައެވެ.

މެންގޯ ލެއްސީއަކީ އިންޑިއާއިން ތައާރަފުކުރި ބުއިމެކެވެ.