އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ނިއުނޯމަލްގައި ކިޔަވައިދޭން ފެށޭނީ ހަތަރު ދަންފަޅިޔަށް، ގޭޓް ކައިރިން ހުންވެސްބަލާނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

1

ކޮވިޑް 19 އަށްފަހު ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި، ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފެށޭނީ، ހަތަރުދަންފަޅިއަށް ޑިސްޓެންސްޕްލަސް ފޭސްޓުފޭސް މޯޑް (ވީހާވެސް މަދުދަރިވަރުން ކުލާހެއްގައި ބައިތިއްބައިގެން ކިޔަވައިދޭ ގޮތަށް) ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ސްކޫލްތައް ހުޅުވުމާބެހޭގޮތުން ރޭ މައުލޫމާތު ދެއްވަމުުން މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ދުރުރާސްތާ ޕްލޭނެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

އެ ޕްލޭންގައި ކޮވިޑް 19 އާ ގުޅިގެން ދަރިވަރުންނަށް ކޮށްފައިވާ ނޭދެވޭ އަސަަރުތަކާއި، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވައިގެން އަމަލު ކުރާނެ ގޮތްތައް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި އެބަ ހިމަނަން ފިޒިކަލް ޑިސްޓެންސިން، ކިހިނެއްތޯ ސްކޫލްތަކުގައި ޕްރެކްޓިސް ކުރެވޭނީ، ޖެނެރަލް ހައިޖީން، ހޭންޑް ހައިޖީން އާއި ރެސްޕްރޭޓްރީ ހައިޖީން ސްކޫލްތަކުގައި ކިހިނެއްތޯ ތަންފީޒު ކުރެވޭނީ، މިހާރު، ސްކޫލްތަކުގެ ހާލަތު ވަރަށް ދެރަގޮތަކަށް މިހުންނަނީ. ބައެއް ސްކޫލްތަކުގައި ވޮޝް ފެސިލިޓީވެސް އެހާ ރަނގަޅަކަށް ނެތް، އެކަންކަމަށް ފައިސާ ހޯދޭނީ ކިހިނެއްތޯ، އެކަންތައްތައް އެސްޓެބްލެޝް ކުރެވޭނީ ކިހިނެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދަޅުވީ މިހާރު އެކަމަށް ފަންޑު ލިބިގެން ހުރިހާ ސްކޫލްތަކެއްގައިހެން ވޮޝް ފެސިލިޓީ ގާއިމު ކުުރުމުގެ މަސައްކަތްތަކެއް ކުރިއަށް އެބަދާ ކަމަށެވެ. އެ ގޮތުން ސްކޫލްތަކުގެ ގޭޓް ކައިރިން ދަރިވަރުންގެ ހުންބެލުމުގެ އިންތިޒާމްވެސް ހަމަޖެއްސުމަށް ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ހޯދުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށާއި އެތަކެތި ދެއްވާނެ ކަމަށް ހެލްތު މިިނިސްޓަރު ވިދާޅުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަނެއް ކަމަކީ ގޭޓް ކައިރިން ދަރިވަރުންގެ ހުން ބެލުމަށް މިނިސްޓްރީ އޮފް ހެލްތުގައި އެދިފަ އޮންނާނީ، ހުންބަލާ ތެމޯމީޓާސް އަދި ނުލިބޭ ނަމަވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފަ އޮތީ،" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ، ކްލާސްތަކުގައި ފިޒިކަލް ޑިސްޓެންސަށް ބަލާއިރު މާލޭގެ ސްކޫލްތަކުގައި ކުދިން ގިނަވުމުގެ ސަބަބުން ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދެވޭނީ، ކުލާހުގައި ހިމެނޭ ދެބައިކުޅަ އެއްބައިކުދިން ގެންގޮސްގެން ކަމަށެވެ. އެހެންކަމުން ކިޔވައިދިނުމުގައި ހަތަރުދަންފަޅިއަށް ކަނޑައަޅައިގެން ކިޔެވުން ފެށޭވަރުވާނީ ޑިސްޓެންސްޕްލަސް ފޭސްޓުފޭސް މޯޑަށް ކަމަށް ވިދާޅުވިއެވެ. އަދި ކްލާހުގައި ދަރިވަރުން ޓީޗަރުންނާ ފޭސްޓުފޭސް ދިމާވާނީ މަދު ވަގުތުކޮޅަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދެން ބެލީ ފިޒިކަލް ޑިސްޓެންސް ކިހިިނެއްތޯ ކްލާހުގައި ޕްރެކްޓިސް ކުރެވޭނީ، އެގޮތަށް ބަަލާއިރު، މާލޭ އޭރިޔާގެ ސްކޫލްތަކުގައި ވަރަށް ކުދިން ގިނަ 2000 އަށްވުރެ ގިނަ ކުދިން ޑަބަލް ސެޝަނަށްދާ ސްކޫލްތަކެއް އެބަހުރި، އެހެންވެ އަޅުގަނޑުމެން މަޝްވަރާކޮށްފަ ނިންމީ މިކަމުގައި އެންމެ ރަނގަަޅު ގޮތަކަށް ވާނީ، ސްކޫލް ހުޅުވާލާއިރު ވެސް ފުލް ސެޝަނަކަށް ސްކޫލެއް ނުވެއްދާނެ، އެހެންކަމުން އަޅުމެން އެއްބައި ނަގާނީ ސްކޫލްގައޭ، އަނެއްބައި ނަގާނީ ޑިސްޓެންސް މޯޑަށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުދިން ބަލައި ބެލެނިވެރިން ސުކޫލު ދޮށަށް ދިއުމުގައިވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވާން ނުޖެހޭނެހެން ގަޑިތަކަކަށް ބަހާލައިގެން ކުދިން ބަލައި ދިޔުމުގެ ކަންކަން ރާވާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟