ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އެޗްއާރުސީއެމްއާއެކު ކުރެވުނު ތަޖުރިބާ އުފާވެރިއެއް ނޫން: މައުމޫން

އަހުމަދު ޖައިޝަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އާ އެކު ކުރެވުނު ތަޖުރިބާ އެހާ އުފާވެރި ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް އެމަނިކުފާނަށް ޖަލު ހުކުމް އިއްވުމަށްފަހު އެމަނިކުފާނުގެ ހައްގުތަކަށް އެކި ގޮތްގޮތުން އަނިޔާވެރިވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް އަށް މަސް ވަންދެއް ޖަލުގައި ހުރިއިރު އެކި ފަހަރު މަތިން އެޗްއާރުސީއެމް އިން ޒިޔާރާތް ކުރެއްވި. އަދި އަޅުގަނޑުގެ ހާލަތު އެ ފަރާތްތަކަށް ކިޔައިވެސް ދިނީން. އެކަމު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ވޭތޯ؟ އަޅުގަނޑަށް އެނގިގެނެއް ނާޅާ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ވާހަކަފުޅުު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ހަމައެކަނި ހައްގުތަކުގެ ވާހަކަ ދައްކައިގެން ފަރުޖެހެން ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ އިތުރުން ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކަށް އަދަބު ދިނުމަށް މަސައްކަތްކުރަންވެސް ޖެހޭ ކަމަށެވެ.