ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް

1

ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވި އިދިކޮޅު ލީޑަރަކީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކޮވިޑް 19ގެ މިކާރިސާއާ ސަރުކާރުން ކުރިމަތިލާފައިވަނީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ނޫން ކަމަށެވެ.

މި މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ދާއިރާގެ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދާއެކު ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އަދި އެކަން އިދިކޮޅު ޕާޓީތަކާއި އިދިކޮޅު މެންބަރުން ވެސް ބަލައިގަންނަމުން އަންނަ ކަމަށެވެ.

އެގޮތުން އެފަަދަ ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕީއެންސީ ކޯލިޝަންގެ އެންމެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެބޭފުޅެއް އެވާހަކަ ވިދާޅުވީ ސިއްރުން ކަމަށްވެފައި އަދި އެބޭފުޅެއް ނިސްބަތްވާ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެތީވެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާނަށް ގުޅުއްވި ސިޔާސީ ލީޑަރުގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން އަހަން ފެށުމުން މިނިސްޓަރު އަލީ ވަހީދު ވަނީ، އެއީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަފާނަން ނަމާ އެއްކޮށް. އަޅުގަނޑުމެން އަބްދުއްރަހީމުގެ އާއިލާ ވަޑައިގަތީމަ ވެސް ބެހެއްޓީ އެންމެ ރަނގަޅު ފެސިލިޓީގައި. އަދި އެކަމަށް ގުޅައި ޝުކުރު ވެސް އަދާކުރެއްވި. އަދި ވިދާޅުވި ތިމަންނަމެން ގަބޫލުކުރާ ގޮތުގައި ގުޅާލާއިރަށް ފޯނުވެސް ނަގައޭ. ތިމަންނަމެން ވަރަށް ހިތްހަމަޖެހެއޭ. އެހެންވީމަ ނަމެއް ބޭނުންވަންޔާ މި ދަންނަވާލީ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތަކީ ސިޔާސީ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މިވަގުތަކީ ގައުމީ ކާރިސާއެއް އޮތް ވަގުތެއް ކަމަށެވެ. އެހެންކަމުން ސަރުކާރު މިވަގުތު އޮތީ ސިޔާސީ ވާހަކަދައްކާ ހާލަތެއްގައި ނޫން ކަމަށާއި ސިޔާސީ ވާހަކަދައްކާނީ ކެމްޕެއިން ދުވަސްވަރުގައި ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟