ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަންކުރެއްވީ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަހުމަދު ނުއުމާން އެވެ. ނުއުމާން އަށް މަގާމު ހަވާލުކުރައްވައި މަގާމުގެ ލިޔުން ރައީސް ހަވާލުކުރެއްވީ މިއަދު މެންދުރުފަހު އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަހުމަދު ނުއުމާން އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ނުއުމާން އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ނުއުމާން ކުރެއްވިއެވެ.