ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް ގެ ދާއިރާއިން ވަނީ މިދުވަސްވަރުވެސް ދައުލަތަށް ދަައްކަން ޖެހޭ ކުލީގެ ފައިސާ ދައްކާފައި: އަލީ ވަހީދު

މަރިޔަމް ޝަހުދާ

ޓޫރިޒަމް ގެ ދާއިރާއިން ވަނީ މިދުވަސްވަރުވެސް ދައުލަތަށް ދަައްކަން ޖެހޭ ކުލީގެ ފައިސާ ދައްކާފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ކުއާޓާރަށް ބަލާއިރު ރާއްޖޭގެ ގިނަ ރިސޯޓުތަކުން ސަރުކާރަށް ލޭންޑް ރެންޓު ދައްކާފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ މިކަަމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ދިގުލައިގެން ގޮސްފިނަމަ ރިސޯޓުތަކުގެ ކުލިވެސް ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ކުރަންޖެހޭ މީހުން ބޭތިއްބުމަށް، ކަރަންޓީން ފެސިލިޓީތައް ގާއިމުކޮށްފައިވާ ރިސޯޓްތަކުން ކަރަންޓީނުގެ މުއްދަތުގައި ސަރުކާރަށް ކުލި ދައްކަން ނުޖެހޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.