ޚަބަރު

ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރިވި 157 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމުން 157 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރި ވި ހަތް މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ލޮކްޑައުން ކުރި ފަހުން ޖުމުލަ 187 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ފަހުން ފުލުހުން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަދި ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެ އުޅުމުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ.