މިންހާ ފާއިޒް ރަޝާދު
ގެއިން މަސައްކަތް ނުކުރެވޭ އެންމެން މަސައްކަތަށް ނުކުތުމަށް އިނގެރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ގޮވާލައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ލޮކްޑައުން ލުއިކޮށް އިގްތިސާދު އަލުން ހުޅުވުމަށްޓަކައި އިއްޔެ ގައުމާ މުހާތަބު ކުރައްވާައި ބޮރިސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހާއްސަކޮށް ކޮންސްޓްރަކްޝަން އަދި މެނުފެކްޗަރިން އިންޑަސްޓްރީގެ ބޭފުޅުން މަސައްކަތަށް ނުކުތުމަށް ހިތްވަރު ދޭންވީ ވަގުތަކީ މީކަމުގައެވެ.
"ބުދަ ދުވަހުން ފެށިގެން ޕާކު ތަކަށާއި ކަސްރަތު ކުރުމަށްވެސް ނުކުމެވޭނެ. އަދި ކާރުގައި ބޭނުން ތާކަށް ދެވޭނެ" ބޮރިސް ވިދާޅުވިއެވެ.
ބޮރިސްގެ ވާހަކަފުޅުގައި ވަނީ ގައުމު ހުޅުވާލުމުގެ ރޯޑް މެޕެއް ވެސް ވިދާޅުވެދެއްވައިފައެވެ. މިއީ ކޮވިޑް19ގެ ސަބަބުން ހަ ހަފުތާވަންދެން ގައުމު ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހު ހުޅުވާއިރު އަމަލު ކުރާނެ ގޮތުގެ މެޕެވެ. ގައުމުގައި ދެވަނަ ރާޅެއް ނުފެތުރޭނެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައިފައިވާއިރު އިގްތިސާދު ރަނގަޅުކުރުމަށް ކުރަން ޖެހޭ ކަންކަންވެސް ވަނީ އޭގައި ހިމަނައިފައެވެ.
ލޮކްޑައުން ލުއި ކުރާއިރު އިނގިރޭސިވިލާތުގައި އަޅާ ބައެއް މުހިންމު ފިޔަވަޅުތައް:
ބޮރިސްގެ ބަޔާނަށް އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީގެ ލީޑަރު ވަނީ ފާޑު ވިދާޅުވެފައެވެ.
"ދިމާވެދާނެ އަސްލު މައްސަލައަށް ވިސްނައިފައެއް ނެތް. ގެއިން މަސައްކަތް ނުކުރެވޭ އެންމެން ކައިރީ އެބުނަނީ މާދަމައިން ފެށިގެން މަސައްކަތަށް ނުކުންނަން. އެއީ އެތައް މިލިއަން މީހުނެއް 12 ގަޑިއިރު ވަންދެން އެކުގައި ހޭދަކުރާނެ ވަގުތު، ދެން މި ބުނަނީ ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރާށޭ. މިއީ ކުއްލިއަކަށް މީހުނަށް ކުރެވޭނެ ކަމެއް ނޫން" ބީބީސީއަށް އިދިކޮޅު ޕާޓީ ލީޑަރު ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.