ވަން ރެސިޕީ

ވަން ރެސިޕީ: ކަރާ ގްރަނިޓާ

އަލީ ޔާމިން

ކަރަޔަކީ ރަމަޟާން މަހު އަޅުގަނޑުމެން ދިވެހިން ފަނި ގިރުމަށް އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މޭވާއެވެ. ކަރާ ބޭނުންކޮށްގެން ފަނި ގިރުމުގެ އިތުރުންވެސް އަނގަޔަށް މީރު އެތައް ރަހައެއް ތައްޔާރުކޮށްލެވިދާނެއެވެ. އެގޮތުން ކަރާ ގްރަނިޓާއަކީ ކަރާ ބޭނުންކޮށްގެން ފަސޭހަކަމާއެކު ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ކަރާ ގްރަނިޓާ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

1 ކިލޯ ކަރާ

200 ގްރާމު ހަކުރު

200 އެމްއެލް ފެން

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކަރާގެ ތޮށި މަށާލުމަށް ފަހު އެތެރޭގައި ހުންނަ އޮށްތައް ނަގާނީއެވެ. އެއަށް ފަހު ހިމުން ވަންދެން މިކްސްޗަރުން ގިރާލާނީއެވެ. އޭގެ ފަހުގައި ފެނާއި ހަކުރު ގިރުމަށްފަހު ހޫނު ވަންދެން ކައްކާށެވެ. އަދި ކެއްކި ހަކުރު ހިހޫވުމުން ހިމުންކުރި ކަރަޔާ އެއްކުރުމަށްފަހު ފްރީޒަރަށް ލާށެވެ. ދެން ކޮންމެ 15 މިނެޓަކުން ދޮޅުގަޑިއިރުވަންދެން އެއްކުރާށެވެ. ކަރާ ގްރަނިޓާ ތައްޔާރުކޮށް ނިމުމުން ހުންނާނީ ސްނޯ ހެންނެވެ.

ކަރާ ގްރަނިޓާއަކީ ރޯދަ ވީއްލާ ގަޑީގައިވެސް އަދި ހާރުދަމަށްވެސް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.