ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެހިގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައިވުމުން ބަލި މީހުންނަށް ދަތިތަކެއް ކުރިމަތި ވެފައިވާތީ އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ޓެލެ ކޮންސަލްޓޭޝަން ދޭނެ ޑިޕާޓްމަންޓްތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑޮކްޓަރަށް ދެއްކުމުގައި ބަލި މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެހޮސްޕިޓަލުން އޮންލައިން ކްލިނިކްތަކެއް ހުޅުވާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ އޮންލައިން ކްލިނިކްތަކާއި އެކްލިނިކްތަކުން ހިދުމަތްދޭ ދުވަސްތަކާއި ގަޑިތަކަކީ:
- އަންހެނުންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (އާދީއްތަ، އަންގާރަ، ބުރާސްފަތި) ހެނދުނު 08:30 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 3313146.
- ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 9:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7942403 އަށް ވައިބަރު ނުވަތަ އެސްއެމްއެސް.
- އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 9:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7291880 އަށް ވައިބަރު ނުވަތަ އެސްއެމްއެސް.
- ޑައިޓެޓިކްސް އެންޑް ނިއުޓްރިޝަން- (އަންގާރަ، ބުރާސްފަތި) ހެނދުނު 9:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7262879 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ނާރުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ބުރާސްފަތި، ހޮނިހިރު) ހެނދުނު 9:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7260632 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 9:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7259085 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހުކުރު ފިޔަވައި ހުރިހާ ދުވަހެއްގެ) ހެނދުނު 9:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7259056 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- އޮޕަރޭޝަން ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 10:30 އިން 12:30 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7240683 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 10:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7259085 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ލޮލުގެ ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7288815 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ކަށީގެ ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7430807 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ދަތުގެ ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7226683 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ހަމުގެ ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7317862 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7353070 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ކިޑްނީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7269307 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ނޭވާލުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 09:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7284872 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- އީއެންޓީ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 10:00 އިން 12:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7259106 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ފިޒިއޯތެރަޕީ ޑިޕާޓްމަންޓް- (ހުކުރު ފިޔަވައި ކޮންމެ ދުވަހަކު) ހެނދުނު 09:00 އިން 13:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7924949 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
- ސްޕީޗްތެރަޕީ ޑިޕާޓްމަންޓް- (ހޯމަ، ބުދަ، ހޮނިހިރު) ހެނދުނު 10:00 އިން 14:00 އަށް. އެޕޮއިންޓްމަންޓް ހެދުމަށް 7226591 އަށް ވައިބާ ނުވަތަ އެސްއެމްއެސް.
ކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އެހޮސްޕިޓަލުން ބުނީ މި ކްލިނިކްތަކުން ޑޮކްޓަރުން ބަލާނީ ވީޑިއޯ ނުވަތަ އޯޑިއޯ ކޯލްގެ ޒަރިއްޔާއިން ކަމަށެވެ. އެހެންކަމުން ނަން ނޯޓްކުރާ ތަރުތީބުން ގުޅަމުން ގެންދާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ލޭގެ ޓެސްޓް ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް އެހޮސްޕިޓަލުގެ ލެބޯޓަރީން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.