ޚަބަރު

ކޮވިޑުން ރައްކާތެރިކުރުމުގެ އިތުރުން ކުޑަކުދިންނަށް ރަނގަޅު މުސްތަގުބަލެއްވެސް ހޯދައިދޭން ޖެހޭ: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

ކޮވިޑް 19 އިން ރައްކާތެރި ކުރުމުގެ އިތުރުން ކުޑަ ކުދީންނަށް ރަނގަޅު މުސްތަގުބަލެއްވެސް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދީންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ކަށަވަރު ކޮށްދިނުމަށް އެކުދިންނަށް ރަނގަޅު ކާނާ އާއި ތައުލީމު ފޯރުކޮށްދިނުމަށް ސަމާލުވާން ޖެހޭ ކަމަށް ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމުން އެކުދިންނަށް ރައްކާތެރިކަން ފޯރުކޯށްދޭން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް 19ގެ މި ދަނޑިވަޅުގައި ކުޑަކުދިންނަށް މި ކަންކަން ކަށަވަރު ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ މެއި 10 ގައެވެ.