ހަނދާން ނެތިގެން އޭޓީއެމްގައި ބާއްވާފައި އާދެވޭ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ މައްސަލަ ގިނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް ފަހަކަށް އައިސް ގިނަވާން ފަށާފައިވާ ކަމަށެވެ. އަދި ވައްކަން ކުރާ މީހުންނަށް ފަސޭހަވާނެ ގޮތްގޮތަށް ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
އެގޮތުން އޭޓީއެމަށް ފައިސާ ނަގަން ދިއުމަށް ފަހު ކާޑު އަނބުރާ ނަގަން ހަނދާން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
މިދުވަސްވަރު އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމުގެ މައްސަލަތަކާއި ފްރޯޑް މައްސަލަތައްވެސް ގިނަވެފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.