ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބި/ފިރިން އަދި ދަރިންނަށް ނުވަތަ އިމީޑިއޭޓް ފެމިލީއަށް އެ ފުރުސަތު ލިބޭގޮތް ހެދުމަށް ގިނަ ބަޔަކު އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އެ ބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރައްވާއިރު އިމީޑިއޭޓް ފެމިލީއަށް ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުމާމެދު ގޮތެއް ކަނޑައެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.