ޚަބަރު

ޕެންޝަން ފަންޑުގައި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި : އަނާރާ

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ ޕެންޝަން ފަންޑުގައި މިހާރުވެސް 11 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަނގަޅު ގޮތުގައި އިންވެސްޓު ކުރެވެން ޖެހޭ ކަމަށެވެ.

"އެ ފަންޑުގެ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންކަމުގައި ހޭދަ ކުރެވޭނެ ގޮތެއް ހަމަޖެހިގެން ދިޔުން އެއީ ރައްޔިތުން ނުހަނު އެދޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" އަނާރާ ވިދާޅުވިއެވެ.

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތް ހެދުމަށް ޕެންޝަންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ އެއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ.