ޚަބަރު

އައިޖީއެމްއެޗުގެ ޓެކްނިކަލް އެހީއާއެކު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުޑަހުޅުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި

އައިދާ އަބްދުލް ހަކީމް

އަތުގެ ކުޑަހުޅު ކައިރިން ބިނދިފައިވާތަނެއް ނަރު ބޭނުންކޮށްގެން އެޅުވުމަށް ކުރެވުނު އޮޕަރޭޝަނެއް އައިޖީއެމްއެޗްގެ ޓެކްނިކަލް އެހީތެރި ކަމާއެކު ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އައިޖީއެމްއެޗްގެ ޓެކްނިކަލް އެހީތެރި ކަމާއެކު އެ ހޮސްޕިޓަލުން ކުރި އެ އޮފަރޭޝަން ކޮށްފައިވަނީ ޑރ. ރާޖޭޝް އާޗަރިއާގެ އިތުރުން ޑރ. ތަރެކް މުސްތަފާ އާއި އެތަނުގެ މުވައްޒަފުން ވެގެން ކަމަށެވެ.

އެހޮސްޕިޓަލުން ބުނީ ބަލި މީހާގެ ހާލު ރަނގަޅު ކަމަށާއި އައިޖީއެމްއެޗުގެ ޓެކްނިކަލް އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.