ކޮވިޑް 19 އާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް ށ. ފުނަދޫން ހުއްދަ ނެތި ޑިންގީއެއްގައި ފުރި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފުނަދޫ ފަޅުތެރޭގައި އޮތް ޑިންގީއެއްގައި ހުއްދަނެތި ފުރުވާފައިވާ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
މި ޑިންގީ ށ. ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި ނަމަވެސް އެރަށަށް ގާތް ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ޑިންގީގައި ތިބި 37 އަހަރާއި 27 އަހަރުގެ ދިވެހި ދެފިރިހެނުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުން ނެވެ.