ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ކުރި ޓުވީޓެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުތަކުގައި ކޭޝް ކާޑު ބޭނުން ކޮށްގެން މިހާރު ޕެޓްރޯލަށް ފައިސާ ދެއްކޭނެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮންލައިންކޮށް ޓްރާންސެކްޝަންތައް ހެދުމަށް ސިއްހީ މާހިރުން ގެންދަވަނީ ލަފާދެއްވަމުންނެވެ. އެގޮތުން، ބީއެމްއެލުން ވަނީ އެ ބޭންކުގެ ބައެއް ހިދުމަތްތައް ވެސް އޮންލައިން ކޮށް ހޯދުމަށް އިރުޝާދު ދީފައެވެ.