ރައީސް އޮފީސް

މިނިސްޓަރުންގެ ނައިބު ކަމަށް ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި

މުހައްމަދު އައުޒަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިނިސްޓަރުންގެ ނައިބު ކަމުގެ މަގާމަށް ފަސް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

އޭގެ ތެރެއިން ތިން ބޭފުޅުން އައްޔަން ކުރެއްވީ އިއްޔެ އެވެ. އެއީ މިނިސްޓަރު އޮފް ޓޫރިޒަމުގެ ނައިބުގެ މަގާމަށް މއ.އަމީނީވިލާ، ޑޮކްޓަރ ނައުޝާދު މުހައްމަދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ސ.ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަސީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް ދ.މާއެނބޫދޫ، މޫރިތި އަބްދުﷲ ހުމައިދެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބުގެ މަގާމަށް މިއަދު ވަނީ އިތުރު ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

އެއީ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަސީރާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ އަހުމަދުﷲ ޖަމީލެވެ.