އިތުރު 15 ދާއިރާއަކުން ލޯނު ލުއިކޮށްދޭން ނިންމައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކުރިން ދެމުން އައި ލޯނުތަކުގައި ނުހިމެނޭ 15 ސްކީމެއް މިހާރު ޑެބްޓް މޮރިޓޯރިއަމްގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން އަޅުގަނޑުމެން އިއުލާނުކޮށްފައިވާ ޑެބްޓް މޮރިޓޯރިއަމްގައި ނުހިމެނޭ ބައެއް ސްކީމުތައް އަޅުގަނޑުމެން މިހާރު ވާނީ ޑެބްޓް މޮރިޓޯރިއަމްގެ ތެރެއަށް ގެނެސްފައި. އޭގެތެރޭގައި 15 ސްކީމެއް ހިމެނޭނެ،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދީފައިވާ ފިޝަރީސް ލޯނާއި އެގްރިކަލްޗަރަލް ލޯނާއި އަދި އެސްއެމްއީ ގެޓްސެޓް ލޯން ވެސް ޑެބްޓް މޮރިޓޯރިއަމްގެ ތެރެއިން ހިމެނިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް ރިކަވަރީ ލޯން ސްކީމް ރިލީފް ފަންޑްގެ ތެރެއިން 51 ރިލީފް ސްކީމް ލޯން މިހާރު ޑިސްޕާސް ކޮށްފައިވާ ކަމަށާއި އޭގެ ޖުމްލަ އަދަދު 70 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މީގެ އިތުރުން 81 ސެންގްޝަން ސިޓީއަށް ބޭންކާއި ފިނޭންސް ގުޅިގެން ހުއްދަ ދީފައިވާ ކަމަށެވެ.