އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ޝިޕް މައިސޫރު، ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިންގި ޖޮއިންޓް މެރިޓައިމް ސާފޭސް ޕެޓްރޯލް ނިންމާލައިފިއެވެ.
މިމަހުގެ ތިނަކުން ހަޔަކަށް ކުރިއަށް ގެންދިޔަ މެރިޓައިމް ސާފޭސް ޕެޓްރޯލް ނިންމާލުމަށްފަހު އިންޑިއަން ނޭވީ ޝިޕް މައިސޫރު ވަނީ މިއަދު މާލެ ބަނދަރުކޮށްފައެވެ. ނޭވީ ޝިޕް މައިސޫރު، އެނބުރި އިންޑިއާއަށް މިމަހުގެ 14 ވަނަ ދުވަހު ފުރުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން މިދިޔަ އަހަރު ވަނީ ސަވައިލެންސް އޮޕަރޭޝަނެއްވެސް ހިންގައިފައެވެ. އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ މިދިޔަ އަހަރުގެ އޭފްރިލް މަހު އަށަކުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ އޮޕަރޭޝަންގައި ވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކޮށްފައެވެ. ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ހާއްސަ ގޮތެއްގައި އަސްކަރީ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުުޅުން ވަނީ ވަރުގަދަވެފައެވެ.