މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގައުމުތަކުން މުދާ ގެނައުމަށް ވިޔަފާރިވެރީންނަށް ދަތިތައް ހުރި ނަމަ އެކަން ހިއްސާކުރުމަށް ކަސްޓަމްސްއިން އެދިއްޖެ

މަރިޔަމް ޝަހުދާ

ގައުމުތަކުން މުދާ ގެނައުމަށްވިޔަފާރިވެރީންނަށް ދަތިތައް ހުރި ނަމަ އެކަން ހިއްސާކުރުމަށް ކަސްޓަމްސްއިން އެދިއްޖެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން މި ދުވަސްވަރު މުޅި ދުނިޔެ ލޮކްޑައުންގައިވުމުން މުދާ ގެނައުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަސްޓަމާއި ދުނިޔޭގެ އެކި ގައުމުތަކުގެ ކަސްޓަމްތާކާއި އެއްބަސްވުން ގާއިމުކުރުމުން އެކި ކަސްޓަމްތަކުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.

އެގޮތުން އެއްވެސް މުދަލެއް ރާއްޖެ ގެނައުމަށް ބޯޑަރުގައި ދަތިތަކަކާ ކުރިމަތިވެއްޖެ ނަމަ އެމައުލޫމާތު ކަސްޓަމްސްއާއި ހިއްސާ ކުރުމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއްގައި މައުލޫމާތު ފޯރުކޮށްދީފި ނަމަ ރާއްޖޭގެ ކަސްޓަމްސްއިން އެ ގައުމެއްގެ ކަސްޓަމްސްއާ ގުޅިގެން މަސައްކަތްކޮށް، ވިޔަފާރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ އެކްސްޕޯޓު ނުވަތަ އިމްޕޯޓު ކުރާ މީހުންވެސް ޑޮކިއުމަންޓު ބަދަލު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި ޑިޖިޓަލް ޑޮކިއުމަންޓުތައް ބަލައިގަތުން ފަދަ ލުއިފަސޭހަތައް އެއްގައުމުގެ ކަސްޓަމްސް އާއި އަނެއްގައުމުގެ ކަސްޓަމްސްއާ ދެމެދު ހަމަޖައްސާފައިވާ ކަމަށެވެ.