މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ އަހަރާ އަޅައިބަލާއިރު، މިއަހަރު މިމުއްދަތުގައި ބައެއްކަހަލަ ކާބޯތަކެތި އެތުރުކުރިމިންވަރު އިތުރު: ކަސްޓަމްސް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު މިއަހަރުގެ މި މުއްދަތުގައި ބައެއް ބާވަތްތަކުގެ ކާބޯތަކެތި އެތުރުކުރި މިންވަރު ވަނީ އިތުރުވެފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ރާއްޖެއަށް މިހާރުގެ ހާލަތުގައި އެންމެ ބޮޑަށް ބޭނުންވާ މުދަލަކީ ކާޑުގެ ބާވަތްތައް ކަމަށެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު މިއަހަރުގެ މި މުއްދަތުގައި ބައެއް ބާވަތްތަކުގެ ކާބޯތަކެތި އެތެރެކުރި މިންވަރު އިތުރު ވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެގޮތުން ކާޑުގެ ބާވަތްތައް އިމްޕޯޓު ކުރުމުގައި %45 ކުރިއެރުމެއް ފާހަގަވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ބިސް އިމްޕޯޓު ކުރި އަދަދުވެސް އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓު ޑިއުޓީ ފާއިތުވެ ދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އެއް ވަރެއްގައި ހިފެހެއްޓިފައި ވީނަމަވެސް ބައެއް ބާވަތްތައް އިމްޕޯޓު ކުރާ މިންވަރު އިތުރު ވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކަސްޓަމްސުން ބުނި ގޮތުގައި ކުރީ އަހަރުގެ މި މުއްދަތާ އަޅައި ބަލާ އިރު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ މިންވަރު ވަނީ 40 އިންސައްތައާ ގާތް ކުރާ އަދަދަކަށް ދަށަށް ގޮސްފަ އެވެ.