އަލީ ޔާމިން
އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ ސްކޫލުތަކުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިސަތު އަލީ ބައްދަލުކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކުގައި ކިޔެވުން ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކުރައްވައިފައެވެ. އަދި ކޮވިޑުގެ ސަބަބުން ފަސް ކުރެވުނު މޭ، ޖޫންގެ އޭ ލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މިއަހަރު މޭ އަދި ޖޫން މަހު ބޭއްވުމަށް ހަމަޖައްސާފައިވާ އޭލެވެލް އިމްތިހާނު ކޮވިޑް 19ގެ ސަބަބުން، އޮކްޓޫބަރު އަދި ނޮވެމްބަރު މަހަށް ވަނީ ފަސްކޮށްފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުންވެސް މެދުކަނޑާލައިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވަނީ ރާއްޖޭގެ 212 ސްކޫލެއްގެ ޕްރިންސިޕަލްއާއި އޮންލައިންކޮށް ބައްދަލުކުރައްވައި، ކްލާސްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފަވެ.