ޝެއިޚް އަލީ ޒައިދު

މަޖިލީހުން ޑީލް ހަދާ މީހުން ބާކީ ކުރަން ޖެހޭ: ޝެއިޚް ޒައިދު

1

ޑީލް ހަދާ މީހުން ބާކީ ކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ހޮވަން ވާނީ ތެދުވެރި، އަމާނާތްތެރި، އިހުލާސްތެރި، ގާބިލް މީހުން ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިތަށް އެރިހާ ބަޔަކަށް ވޯޓު ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި ސަބަބަކީ އެއީ އަމާނާތަކަށް ވާތީ ކަމަށެވެ.

އަމާނާތަށް ރައްކާތެރިވުން ވާޖިބު ކަމަށާއި ވޯޓަކީ އަމާނާތެއް ކަމަށް ވެސް ޒައިދު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

"ޑީލް ހަދާ މީހުން ބާކީ ކުރަން ޖެހޭ. މަޖިލީހަށް ހޮވަން ވާނީ ތެދުވެރި، އަމާނާތްތެރި، އިހުލާސްތެރި، ގާބިލް މީހުން. ހަމަ ހިތަށް އެރިހާ ބަޔަކަށް ވޯޓު ދިނުމީ ހުއްދަ ކަމެއް ނޫން. ސަބަބަކީ އެއީ އަމާނާތަކަށް ވާތީވެ. އަމާނާތަށް ރައްކާތެރިވުން ވާޖިބު. ވޯޓަކީ އަމާނާތެއް،" ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟