އެމްޓީސީސީން ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑިވަލޮޕްމަންޓުން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 7985 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވިލިނގިލީ ފަޅުން ފުން ކޮށްފައެވެ. އަދި 346 މީޓަރުގެ ބޭރު ތޮށްޓެއް ޖަހާފައެވެ. މީގެ އިތުރުން ލޮރީއަށް ދަތުރު ކުރެވޭ ވަރުގެ 30 މީޓަރުގެ ބްރިޖެއް އަޅާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަކީ 10.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އޭޕްރީލް މަހު 17 ގައެވެ.