ޚަބަރު

ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ، މަކުނުދޫގައި މުޒާހަރާ ކުރަނީ

1

ހދ. މަކުނުދޫގައި ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ، އެރަށުގެ ބައެއް ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ މަކުނުދޫގައި މުޒާހަރާކުރާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މަކުނުދޫގައި ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ މުޒާހަރާކުރަމުންދަނީ އެ ރަށު ފެނަކަ އިންޖީނުގެ ސަރަހައްދުގައި ކަމަށާއި އެމީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟