ކޮވިޑް 19 އާ ގުޅިގެން، މުއްދަތު ހަމަވެގެންނާއި ކުނިވެ ހަލާކުވާ ތަކެތި ނައްތައިލުމުގެ ހިދުމަތަށް ވެމްކޯއިން ބަދަލުތަކެއް ގެނެސްފި އެވެ.
ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ ކުރިން އެކުންފުނިން، މުއްދަތު ހަމަވެގެންނާއި ކުނިވެ ހަލާކުވާ ތަކެތި ނައްތައިލުމުގެ ހިދުމަތް ފޯރުކޮށްދެމުން އައީ އެކޯޕަރޭޝަނުން ހުއްދަ ހޯދައި ހިދުމަތަށް އެދޭފަރާތުން އެތަކެތި ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގެންގޮސްދިނުމުން ކަމަށެވެ.
ނަމަވެސް ކޮވިޑް 19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް ދަތުރުފަތުރު ކުރުން މަނާ ކުރުމާ ގުޅިގެން މުއްދަތު ހަމަވެގެންނާއި ކުނިވެ ހަލާކުވާ ތަކެތި ނައްތާލުމުގެ ހިދުމަތަށް ލުއި ފަސޭހަ ގޮތްތަކެއް އެކޯޕަރޭޝަނުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން މުދާ ނައްތައިލުމަށް ބޭނުންވާ ބާވަތްތައް މަދު އަދަދަކަށް ހިމެނޭ ފަރާތްތަކުން، މާލޭ ޓްރާންސްފާ ސްޓޭޝަނަށް ހުށަހެޅުމުން އެއިންތިޒާމު އެކޯޕަރޭޝަނުން ހަމަޖައްސައި ދޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
އެގޮތުން ނައްތާލެވޭ ބާވަތްތައް:
އެކޯޕަރޭޝަނުން ބުނީ މިތަކެތީގެ ތެރޭގައި ތަފާތު ކެމިކަލް އެކުލެވޭ ނުރައްކާތެރި ކުނި ނުހިމެނޭނެ ކަމަށެވެ. މިގެނެވުނު ބަދަލާއި އެކު މާލޭ ޓްރާންސްފާ ސްޓޭޝަނުން ނައްތާލެވޭނީ 350 ލިކޯ އާއި 1500 ކިލޯގެ އުޅަނދުތަކުގައި ގެނެވޭ ކުނި ކަމަށާއި ދުވާލެއްގެ މައްޗަށް ހިދުމަތަށް އެދޭ ފަރާތްތަކަށް އުކާލެވޭނީ 1500 ކިލޯގެ އުޅަނދުގެ ކުނިކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.