ސަރުކާރުގައި ހިނގާ ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ބިލް ނުވަތަ ވިސްލްބްލޯގެ ބިލް މަޖިލީހަށް ހަށެހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް، އެ ބިލުގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.
ސަރުކާރުގައި ހިނގާ ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.