ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޒުމު ވަރުގަދަ ކުރާނީ ކޮރަޕްޝަންގެ ނުބައި ސަގާފަތް ރާއްޖެއިން ނައްތާލަން: ރައީސް

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޒުމު ވަރުގަދަ ކުރާނީ ކޮރަޕްޝަންގެ ނުބައި ސަގާފަތް ރާއްޖެއިން ނައްތާލުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އަޒުމު ވަރުގަދަ ކުރާނީ ރާއްޖެއިން ކޮރަޕްޝަންގެ ނުބައި ސަގާފަތް ނައްތާލައި، ކޮރަޕްޝަން ނެތިކޮށްލަން ދައުލަތުގެ އެކި ނިޒާމުތަކާއި މުއައްސަސާތައް ބާރުވެރި ކުރުވައި ހަރުދަނާ ކުރުމަށް ކަމަށެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ވެސް ވަނީ ކޮރަޕްޝަން ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.