އިސްލާމް ދީން ދިވެހި ފަސްގަނޑުން އިރާދަކުރެއްވިޔާ ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.
"ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ނޫރު ފާޅުކުރެއްވި ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން. އަދި މި މަތިވެރި ދީން މި ދިވެހި ފަސްގަނޑުން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ފޮހެވިގެން ނުދާނެ." ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި ޚާއްސަ ޖަލްސާއެއް ވެސް ބާއްވަވަން ނިންމަވައިފަ އެވެ. މިރޭ އޮންނަ އެ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.