ބިދޭސީންނަށް އެހީތެރިވުމަށް މޯލްޑިވްސް ރެޑް ކްރެސަންޓް، އެމްއާރުސީން ރިލީފް ފަންޑެއް ތައާރަފުކޮށްފިއެވެ.
އެމްއާރުސީން ކުރި ޓުވީޓެއްގައިި ބުނެފައިވަނި ވަނީ މި ފަންޑު ތައާރަފު ކޮށްފައިވަނީ އެ ޖަމިއްޔާގެ ކޮވިޑް 19 ރެސްޕޮންސް މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިހާރު މި ފަންޑަށް ޑޮނޭޓް ކުރުމަށް ހުޅުވާލާފައިވާ ކަމަށް އެމްއާރުސީ އިން ބުނެފައިވެއެވެ. އަދި އެމްއާރުސީގެ ބީއެމްއެލް އަދި އިސްލާމިކް ބޭންކްގެ ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށް އެމްއާރުސީން ބުނެފައިވެއެވެ.
ބިދޭސީންނަށް އެހީތެރިވުމަށް އެމްއާރްސީން ރިލީފް ފަންޑެއް ތައާރަފުކުރި އިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ބިދޭސީންނެވެ.