ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި 15 ކުދިންގެ ހާލުވެސް ރަނގަޅު، 40 ޕަސަންޓު ކުދިންގެ ފަރާތުން އަލާމާތެއް ނުފެނޭ

އައިދާ އަބްދުލް ހަކީމް

ކޮވިޑަށް ޕޮޒިޓިވްވި 15 ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި 40 ޕަސަންޓު ކުދިންގެ ފަރާތުން އަލާމާތެއް ނުފެންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭގެ 9:30 އާ ހަމައަށް 15 ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެތެރެއިން 40 ޕަސެންޓް ކުދިންގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.

އޭގެ އިތުރުން 40 ޕަސެންޓް ކުދިން ހުން އަންނަ ކަމަށާއި 20 ޕަސެންޓް ކުދިން ކެއްސާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި 13 ޕަސެންޓް ކުދިންގެ ކަރުގައި ރިއްސާއިރު ރަހަނުލުމާއި ވަސް ނުދުވުން ތަހައްމަލު ކުރަމުންދާ އެއް ކުއްޖެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މިހާތަނަށް ކޮވިޑް ޖެހުނު ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓް