ކޮވިޑް19އާއި ގުޅިގެން އެންމެނަށްވެސް ތިބެން ޖެހިފައިމިވަނީ ގޭގައެވެ. އެހެންކަމުން މިއީ އަމިއްލަ ނަފްސަށް ވަގުތު ދޭން އިތުރަށް ވަގުތު ހޯދޭނެ ދުވަސްތަކަކެވެ.
ނަމަވެސް ބޭނުންވާ ޕްރޮޑަޓްކްސްތައް ހޯދުމުގެ ދަތިކަންވެސް އެބައޮތެވެ. އެހެންކަމުން މި އާޓިކަލުގައި ގޭގައި ހުންނަ ތަކެތި ބޭނުންކޮށްގެން އޮކްސިޖެން ފޭޝަލެއް ހަދާނެ ގޮތް ބުނެލަދޭނަމެވެ. މި ފޭޝަލް ހެދުމަށް ފެންސީ އިކުއިޕްމަންޓެއް ބޭނުމެއް ނުވެއެވެ.
ފުރަތަމަ ކަމަކަށް ބޭނުންކުރާ ފޭސް ވޮޝް އިން މޫނު ރަނގަޅަށް ސާފުކޮށް ދޮވެލާށެވެ.
މިހާލަތުގައި އެންމެ ފަސޭހައިން އޮކްސިޖަން ހޯދޭނީ ފެނުންނެވެ. ފެނުގައި ހިމެނޭ އެޗް2އޯ އަކީ ހަމަށް ފައިދާ ކުރާ މާއްދާއެކެވެ. ފެނުން އޮކްސިޖަން ހޯދޭނެ އެންމެ ފަސޭހަ ގޮތަކީ ސްޓީމް ކުރުމެވެ.
ގޭގައި ސްޓީމް ކުރާ މެޝިނެއް ހުރިނަމަ އެއީ ފަސޭހަގޮތެކެވެ. އެހެން ނޫންނަ ހޫނު ފެން ކެއްކުމަށްފަހު ތައްޓަކަށް އަޅާށެވެ. ގޭގައި އެސެންޝިއަލް އޮއިލް ނުވަތަ ހާބްސް ހުރި ނަމަ ކެއްކި ފެނަށް އަޅާށެވެ. ނެތިއްޔާ އެއީވެސް މައްސަލައެއް ނޫނެވެ.
ފެން ތައްޔާރުވުމުން ތަށީގެ 10 އިންޗީގެ ދުރުމިނަށް ވާގޮތަށް މޫނު ކައިރިކޮށްލާށެވެ. މިގޮތަށް ސްޓީމް ކުރާއިރު ބޮޑަށް ފެނުގެ އާވީގެ ފައިދާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޮލުގައި ތުވާއްޔެއް އަޅާށެވެ. އޭގެ ސަބަބުން ގިނަ އިރު އާވިގެ ހޫނުކަން ހުންނާނެވެ.
ސްޓީމު ކުރުމުން މޫނުގެ ލެއްޕިފައި ހުރި ޕޯސްތައް ހުޅުވި އެ ޕޯސްތަކުން ހަމަށް އޮކްސިޖެން ލިބޭނެއެވެ.
އޮކްސިޖަން ފޭޝަލްގައި މާސްކު ބޭނުން ކުރާއިރު ބޮޑަށް ކްލޭ މާސްކެއް އިހުތިޔާރު ކުރާށެވެ. ގޭގައި ހުރި ތަކެތިން މާސްކެއް އަމިއްލައަށް ތައްޔާރުވެސް ކޮށްލެވިދާނެއެވެ. ނުވަތަ އަތުގައި އޮތް މާސްކެއް ބޭނުން ކުރެވިދާނެއެވެ.
ކުޑަ ތުވާއްޔެއް ހޫނު ފެނުގައި ތެތްމާލުމަށްފަހު އޭގެން ހުރިހާ ފެނެއް ބޭރުކޮށްލާށެވެ. ތުވާލި އޮންނަންވާނީ ފެންތިކި ނުތަޅާވަރަށް ނަމަވެސް ހޫނުކޮށެވެ. މޫނުގައި މާސްކު ހޭކުމަށްފަހު މި ތައްޔާރުކުރި ތުވާލި މޫނުމަތީ ބާއްވާލާށެވެ. މިހެން ހެދުމުން ތުވާލީގެ ހޫނުން މާސްކުގެ ފައިދާތައް އޮކްސިޖަނާއެކު ހަމަށް ފަސޭހައިން ވަދެގެންދާނެއެވެ.
ކުރިން ބޭނުންކުރި ތުވާލި ތެތްމާލުމަށްފަހު މޫނުގައި ހުރި މާސްކުތައް ފޮހެލާށެވެ. މިގޮތަށް ފޮހޭނީ މަޑުމަޑުން ހަމަށް ގެއްލުން ނުވާނެހެންނެވެ.
ފޭޝަލް ނިންމާލުމުގެ ގޮތުން މޮއިސްޗަރައިޒިން ސީރަމްއެއް ނުވަތަ ބޭނުން ކުރާ މޮއިސްޗަރައިޒަރެއް މޫނުގައި ހާކާލާށެވެ. މިގޮތަށް ހެދުމުން މޫނުގައި ތާޒާކަން ގިނަ އިރު ހިފަހައްޓާލާނެއެވެ.
މި ފޭޝަލްގައި ފަސް ސްޓެޕެއް ހިމެނޭއިރު، ގޭގައި ހުރި ސާމާނުން މި ފޭޝަލް ތައްޔާރު ކޮށްލެވޭނެއެވެ. އަދި ލިބޭ ފައިދާ ވެސް ބޮޑެވެ. އެހެން ކަމުން ގޭގައި ތިބޭއިރު އަޖުމަ ބަލައިލަން ރަނގަޅުވާނެއެވެ.