ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ނިންމުމަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 14 ދުވަހުގެ މުއްދަތަކަށް މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން އެޗްޕީއޭއިން މަނާކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

އެގޮތުން މެއި 14ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާނެ ކަމަށާއި، މި މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަމަޖައްސަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.