ޚަބަރު

މޯލްޑިވިއަން އިން ރެކޯޑް އަދަދަކަށް ކާގޯ އެތެރެކޮށްފި

އައިދާ އަބްދުލް ހަކީމް

1

މޯލްޑިވިއަން އިން މިހާތަނަށް އެއްފަހަރާ ގެނައި އެންމެ ގިނަ ކާގޯ އިއްޔެރޭ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ ޗެންނާއީން، އާންމު ބޭނުން ބޭނުންތަކަށް ބޭނުންކުރާ 18801 ކިލޯގެ މުދާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މީ ރިކޯޑް އަދަދެއްކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ބުނީ ކޮވިޑް 19 އާ ގުޅުގެން ގައުމަށް ދިމާވެފައިވާ މިދަތި އުނދަގޫ ވަގުތުގައި ރައްޔިތުންނަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި އެއެއާލައިނުން ވިޔަފާރިވެރިންނާއި އެކު މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައެވެ. އެހެންކަމުން އާންމު ބޭނުންތަކަށް ބޭނުންކުރާ މުދާ ލިބުމުގައި ރާއްޖޭގެ އަތޮޅުތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟