ޚަބަރު

"ދެމަފިރިން އެއްވަރަކަށް ސިޔާސީ ވުމުން ލިބޭ ގެއްލުން ބޮޑު ކަމަށް ބުނީ ޔާމީންގެ ދެކަނބަލުންނަށް އަމާޒުކޮށެއް ނޫން"

ދެމަފިރިން އެއްވަރަކަށް ސިޔާސީ ވުމުން ލިބޭ ގެއްލުން ބޮޑު ކަމަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަމާޒުކޮށްގެން ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފްގެ ފޭސްބުކް ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ ދެމަފިރިން އެއްވަރަކަށް ސިޔާސީ ވުމުން ލިބޭ ގެއްލުން ބޮޑު ކަމަށް ކުރިން ކުރެއްވި ފޭސްބުކް ޕޯސްޓެއް އޮންލައިން ނޫހަކުން ރިޕޯޓް ކުރެއްވުމުންނެވެ.

އެ ލިޔުމުގައި ބުނެފައިވަނީ ދެމަފިރިން އެއްވަރަކަށް ސިޔާސީ ވުމުން ލިބޭ ގެއްލުން ބޮޑު ކަމަށް އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނާއި ފާތިމަތު އިބްރާހީމަށް އަމާޒުކޮށްފައި ކަމަށް ބެލެވޭ ކަމަށެވެ. އާދަމް ޝަރީފް އޭރު ކުރެއްވި ފޭސްބުކް ޕޯސްޓު މިހާރު ވަނީ ޑިލީޓްކޮށްފައެވެ.

އޭގެ ފަހުން އާދަމް ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ރައީސް ޔާމީނާއި ފާތިމަތު އިބްރާހީމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އެ ދެބޭފުޅުންނަށް ހުރިހާ އިހުތިރާމާއި ލޯބި އެބައޮތް ކަމަށެވެ. އަދި ކުރިން ހިއްސާކުރެއްވީ އަމިއްލަ ތަޖުރިބާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެފަދަ ކަންކަން ނުބައިކޮށް ތަރުޖަމާކޮށްގެން ފިތުނަ އުފެއްދުމުން އެއްކިބާވުމަށް އިލްމާސްކުރައްވާ ކަމަށެވެ.