ޚަބަރު

ރަށް ރަށުގެ އޭޓީއެމްތަކަށް ބީއެމްއެލްގެ ސީއީއޯ ފައިސާ ގެންގޮސްދީފި

އައިދާ އަބްދުލް ހަކީމް

1

އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ހުރި އޭޓީއެމްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިއީއޯ ޓިމް ސޯޔާ އިސްކޮށް ހުންނަވައި ފައިސާ ގެންގޮސްފި އެވެ.

ބީއެމްއެލް އިން ބުނީ، މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއްގައި ނުވަ އެއާޕޯޓަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެ ދަތުރުތަކުގައި ސީއީއޯގެ އިތުރުން އެ ބޭންކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެބޭންކުން ވަނީ 25 ބުރާންޗަށް ބޭނުންވާ ނަގުދު ފައިސާ ގެންގޮސްދީފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް ޓްވީޓް

ކޮވިޑް 19 އާ ގުޅިގެން މުޅިރާއްޖެ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު މާލެތެރެއިން އެބަލި ފެނުމުގެ ސަބަބުން މާލެ ސަރަހައްދު ލޮކް ޑައުން ކޮށް އެއްރަށުން އަނެއްރަށް ދިއުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް 19 އަށް މިހާތަނަށް ރާއްޖެއިން ވަނީ 250 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 17 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟