ގއ. ކޮނޑޭގައި ދިހަ ފޫޓު ކިނބުލެއް ހިފައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ކޮނޑޭ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ހަކީމު ވިދާޅުވީ، ކިނބޫ ހިފާފައިވަނީ މަސްހިފަން އުޅުނު ޒުވާނުންތަކެއް ކަމަށާއި ކިނބޫ މިހާރު އޮތީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކިނބޫ ހިފާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:30 ހާއިރު ކަމަށް ހަކީމް ވިދާޅުވިއެވެ.
"އެ ކިނބޫ ހިފާފައިވަނީ ރަށުގެ ފުއްޓަރު ފަރާތުން. ދެން މަސް ހިފާ ދާގަނޑެއް އަޅައިގެން އެ ކިނބޫ ހިފާފައިވަނީ،" ހަކީމް ވިދާޅުވިއެވެ.
ހަކީމް ވިދާޅުވީ، އެ ކިނބުލުގެ ދިގުމިނުގައި ދެ މީޓަރު ނުވަތަ ދިހަ ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.
ކޮނޑޭ ކައުންސިލުން ބުނީ މިހާރު ފުލުހުން އެރަށަށް އަންނާތީ ފުލުހުން އަންނަން ދެން ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ކިނބޫ އައްސާފައިވާ ކަމަށެވެ.