ޚަބަރު

މާލޭގެ ރީޓެއިލް ފިހާރަތަކުގައި މުދާ ހުރި މިންވަރު ސިޓީ ކައުންސިލުން ބަލަން ފަށައިފި

އަލީ ޔާމިން

މާލޭގެ ރީޓެއިލް ފިހާރަތަކުގައި މުދާ ހުރި މިންވަރު ސިޓީ ކައުންސިލުން ބަލަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭގެ ރީޓެއިލް ފިހާރަތަކުގައި ސްޓޮކް ހުރިނެތްގޮތް ސާފުކުރުމަށް އެކައުންސިލުން މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކާޑުގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާ ހޯދަން ދަތިވާ ފަރާތްތަކުން އެތަކެތި ބޭނުންވާ މިންވަރާއެކު 9955788 އަށް މެސެޖު ކުރުން އެދޭކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މެސެޖުކުރާއިރު، އެ ފިހާރައެއްގެ ނަމާއި، ގުޅޭނެ މޯބައިލް ނަންބަރާއި އޮޕަރޭޓަރުގެ މައުލޫމާތު ހިމެނުމަށްވެސް ވަނީ އެދިފައެވެ.

މާލެ ލޮކްޑައުންކުރުމާއެކު ސިޓީ ކައުންސިލުން އަންނަނީ ވިޔަފާރިތަކަށް މުދާ ލިބުމުގައި ހުރި ދަތިތައް ނައްތާލައި ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށް އެކި ގޮތްގޮތުން މަަސައްކަތް ކުރަމުންނެވެ.

ލޮކްޑައުންގ ސަބަބުން މާލޭން ބައެއް ކަހަލަ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށަ ދަތިވެފަ އެވެ.