ޚަބަރު

އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީން ކުރުުމަށް ސަރުކާރުން ސްކޮލަޝިޕް ޕްރޮގްރާމެއް ލޯންޗުކޮށްފި

އަހުމަދު ޖައިޝަން

އޭވިއޭޝަން ދާއިރާއަށް މީހުން ތަމްރީން ކުރުމުގެ ގޮތުން "ނެކްސްޓް ޖެން އޭވިއޭޓާސް"ގެ ނަމުގައި ސަރުކާރުން ސްކޮލާޝިޕްގެ ޕްރޮގްރާމެއް ލޯންޗުކޮށްފި އެވެ.

ސިވިލް އޭވީއޭޝަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އެ ސްކޮލާޝިޕް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އިންޑަސްޓްރީގައި ގާބިލު އަދި ފެންވަރު ރަނގަޅު ޕްރޮފެޝަނަލުން މަދު ކަމަށާއި އެފަދަ ފަރާތްތައް އުފެއްދުމަށް ހޭދަ ކުރަން ޖެހޭ ކަމަށެވެ.

އެ ސްކޮލާޝިޕް ޕްރޮގްރާމް އަކީ އޭވިއޭޝަން ދާއިރާގައި ގާބިލު ފަރާތްތައް ބިނާކުރުމަށް ތައާރަފުކުރި ސްކޮލާޝިޕެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ސިވިލް އޭވިއޭޝަން އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ނަހުލާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.