ޚަބަރު

އަހަރެއް ހަމަވުމުގެ ކުރީން ފުލުހުންގެ އާއިލާތައް ފްލެޓްތަކަށް ވަދެވޭ ވަރު ކުރުމަށް މަސައްކަތްކުރަނީ

އަހުމަދު ޖައިޝަން

އެއް އަހަރު އަހަރު ހަމަވުމުގެ ކުރީން ފުލުހުންނަށް ހާއްސަ "ބްލޫސް ހައުސިން ސްކީމް"ގެ ފްލެޓްތަކަށް އާއިލާތަކަށް ވަދެވޭ ވަރު ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ބޮޑު އެދިވަޑައިގަތުމެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހިންގާ "ބްލޫސް ހައުސިން ސްކީމް"ގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު ވަނީ އިއްޔެ ބައްލަވާލައްވާފައެވެ.

ހޯމް މިނިސްޓަރު އިއްޔެ ކުރެއްވި ޒިޔާރާތުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ސްކީމްގެ ދަށުން 300 ހައުސިން ޔުނިޓް އަޅާއިރު އެ ޔުނިޓްތައް ލިބޭ ފަރާތްތައް ވަނީ 2013 ވަނަ އަހަރު ކަނޑައަޅާފައެވެ.

އެ ފްލެޓް ސްކީމްގެ މަސައްކަތުގެ ދަށުން ހައުސިން ޔުނިޓްގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ.