ޚަބަރު

ހޯރަ އިއްބެ މިނިވަން ކުރުމާ އީވާ ދެކޮޅު

އަހުމަދު ޖައިޝަން

1

ކުޑަކުއްޖަކާއެކު ބަދު އަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ކުޑަކުއްޖަކީ ޖިންސީ ގުޅުން ހިންގުމަށް ކޮންސެންޓް ދެވޭނެ ކުއްޖެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީގެ ސަބަބުން [ހޯރަ އިއްބެގެ މިނިވަން ކުރުން] ވަރަށް ގިނަ ބަޔަކަށް ކުރީގެ ހިތި ހަނދާންތަކެއް އެބަ އާވެގެން އެބަދޭ." އީވާ ވިދާޅުވިއެވެ.

އެފަދަ ކަންތައްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ރަނގަޅު ނިޒާމެއް އޮތުން މުހިއްމު ކަމަށް އީވާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟