18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތަކުގެ ތެރެއިން ގައުމީ ތާވަލުގައި ހިމެނޭ ވެކްސިންތައް ދިނުމަށް ދަމަނަވެށި އަންނަ މަހުގެ ތިނަކުން ފެށިގެން ހުޅުވަން ނިންމައިފި އެވެ.
ދަމަނަވެށިން ނެރުނު އިއުލާނެއްގައި ބުނީ ވެކްސިންދިނުމަށް ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް 3322403 އަށް ގުޅުމުން އެޕޮއިންޓްމަންޓް ހެދުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
މިހާރު ކޮވިޑް 19 ރާއްޖޭގައި ފެތުރޭތީ އެޕޮއިންޓްމަށް ހަދާއިރު އެސެންޓަރުން ކުރިން ނުނަގާ ބައެއް މައުލޫމާތު ނެގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯދާ މައުލޫމާތުގެ ތެރޭގައި:
އެސެންޓަރުން ބުނީ ފަނީބޭހާއި ވިޓަމިން "އޭ" ދޭން ޖެހޭ، އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުމަށް ނިންމާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ކަމަށެވެ. މިތަކެތި ބަލައި ވެކްސިން ކާޑު ހިފައިގެން ބެލެނިވެރިޔާ އެކަނި ދިއުމަށްވެސް ދަމަނަވެށިން ވަނީ ބުނެފައެވެ.
އެސެންޓަރުން ބުނީ އެމް.އާރް ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުންނާއި އިންފުލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުންވެސް އެޕޮއިންޓްމަންޓު ހަދަން ޖެހޭނެ ކަމަށެވެ. ވެކްސިން ޖަހަން ދާއިރު އައިޑީކާޑާއި ކުޑަކުއްޖެއްނަމަ ވެކްސިން ކާޑު ގެންދިއުމަށް ވަނީ އެދިފައެވެ.
ކޮވިޑް 19 ފެތުރި މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ދަމަނަވެށިން ދެމުން އައި ވެކްސިންތައް މާލެ، ހުޅުމާލެ، ވިލިމާލޭގައި ދިނުން ވަގުތީގޮތުން މެދުކަނޑާލީ މިމަހުގެ 20 ވަނަ ދުވަހު އެވެ.