ޚަބަރު

701 ބިދޭސީއަކު ފުރުމުގެ ހުއްދަ އިމިގްރޭޝަނުން ދީފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި މަސައްކަތް ކުރާ 701 ބިދޭސީއަކު އެމީހުންގެ ގައުމަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ އޭގެ ތެރޭގައި ހިމެނެނީ އިޓަލީ، އިންޑޮނޭޝިއާ އަދި ތައިލެންޑްގެ ރައްޔިތުން ކަމަށެވެ. އެމީހުންނަށް މިމަހުގެ 24 އަދި 25 ގައި ފުރުމުގެ ހުއްދަ ދީފައިވާއިރު އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19، ރާއްޖޭގައި ވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގައުމަށް ދާން ބޭނުންވި ނަމަވެސް ނުދެވި ރާއްޖޭގައި ތާށިވެފައެވެ.

ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 141 އަށް އަރައިފައެވެ. އަދި އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަންގަޅުވެފައެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓް