ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

9 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނުވަ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މިއަދު ސްޓޭޓް މިނިސްޓަރުކަން ދެއްވި ބޭފުޅުންނަކީ:

1. އަލީ ސޯލިހު - މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ

2. ހަސަން ޝުޖާއު - މިނިސްޓްރީ އޮފް ހޯމް އެފެއަޒް

3. އަސްއަދު އަލީ (އަޑުބަރޭ) - މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް

4. އަހުމަދު ރިޔާޒު - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

5. މުހައްމަދު އަހުމަދު - މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ

6. އިސްމާއީލް އަލިމަނިކު - މިނިސްޓްރީ އޮފް ފައިނޭންސް

7. މުހައްމަދު އަލީ - މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ

8. އަހުމަދު ނަޝީދު - މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕެމެންޓް

9. ފަޒްނާ ޝާކިރު - މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް

ކޯލިޝަން ސަރުކާރުގައި އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ އެމްއާރްއެމް ހިމެނޭ އިރު ސަރުކާރުގައި ޖޭޕީގެ ހިއްސާ އަކީ 25 ޕަސެންޓެވެ.