ޚަބަރު

ކޮވިޑް 19އާ ދެކޮޅަށް ރާއްޖޭގައި ކުރެވެމުން އަންނަ މަސައްކަތްތަކާއި ހުރި ގޮންޖެހުންތައް ސާކަށް ހިއްސާކޮށްފި

އަލީ ޔާމިން

ކޮވިޑް 19ގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)އިން އިސްނަގައިގެން ބޭއްވި ވީޑިއޯ ކޮންފަރެސްގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ބައިވެރިވަވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް މައިމޫނާ ވަނީ ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މައިމޫނާ ވަނީ ކޮވިޑް 19ގެ ހާލަތުގައި ސާކްގެ ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން މި ހާލަތުގައި ސާކުގެ މެންބަރު ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭތީ. އެކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން"

ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ސާކްގެ ގައުމުތަކަށް އެހީވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމުގެ ދަށުން ވަނީ ސާކް ރިލީފް ފަންޑެއް އުފައްދައިފައެވެ. އެ ފަންޑަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާއިރު މެންބަރު އެހެންގައުމުތަކުންވެސް ވަނީ އެ ފަންޑަށް ފައިސާ ޖަމާކޮށްފައެވެ.