ޚަބަރު

މަގުމައްޗަށް ކުނި އަޅާ 3000 އެއްހާ ގޭބިސީ މާލޭގައި އެބައުޅޭ : މިނިސްޓަރު

އަހުމަދު ޖައިޝަން

1

މާލޭ ސަރަހައްދުގައި މަގުމައްޗަށް ކުނި އެއްކުރާ 3000 އެއްހާ ގޭބިސީ އެބައުޅޭ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑރ. ހުސެއިން ވިދާޅުވީ މާލެ ސަރަހައްދު ކަމަށްވާ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 20،000 އަށްވުރެ ގިނަ ގޭބީސީ ހިމެނޭ ކަމަށެވެ. އޭގެތެރޭގައި އެއްވެސް ހަރަދެއް ނުކޮށް ކުނި އަޅާ 3،000 އެއްހާ ގޭބިސީ އުޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ބައެއް. އެކަން ހުއްޓާލަން އެބަ ޖެހޭ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މާލޭގައި 17،000 ގޭބިސީއިން ވެމްކޯގެ ހިދުމަތަށް ފައިސާ ދައްކާއިރު އެ ހިދުމަތަށް އެއްވެސް އަގެއް ނުދީ 3،000 އެއްހާ ގޭބިސީ އުޅުމަކީ އަހުލާގީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރެޖިސްޓްރީ ކުރުމުގައި ނުވަތަ ފައިސާ ދެއްކުމުގައި ދަތިތަކެއް އުޅޭނަމަ އެކަން އެނގެން ބޭނުންވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟